ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުޅިން އައު ދެ ޖެނެރޭޓަރު ދެ ރަށަކަށް ފޮނުވައިފި އެވެ.
ފެނަކައިން ބުނީ މި ޖެންސެޓްތައް ފޮނުވާފައިވަނީ ހއ. މުރައިދޫ އަދި ހއ. ތަކަންދޫއަށް ކަމަށެވެ. އެއީ 250 ކިލޯވޯޓުގެ ދެ ޖެންސެޓެވެ.
މި ދެ ޖެންސެޓް، މި މަހުގެ 22 ވަނަ ދުވަހު އެ ރަށްރަށަށް ގެންދެވި މިހާރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސް ނިމުމުގެ ކުރިން އިންސްޓޯލްކޮށް ނިންމާ، ޚިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ މުރައިދޫގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 620ކވ ން 750ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 375ކވ ން 490 އަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި ތަކަންދޫގައި އިންސްޓޯލް ކެޕޭސިޓީ 480ކވ ން 650ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 310ކވ ން 450 އަށް އިތުރުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ދެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް ފެނަކައިން ބުނެ އެވެ.
ކަރަންޓު ހިދުމަތް ރަނގަޅުކުރަން ދެ ރަށަކަށް ޖެންސެޓް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ