ރާއްޖޭގައި މިދުވަސްވަރު ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، މިއަދު އެންމެ ހޫނުގަދަ ކަމަށް ރެކޯޑުކުރެވިފައިވަނީ މާލެ ސަރަހައްދަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން މިއަދު ވަނީ 38.2 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.
މާލޭގެ އިތުރުން ދެން އެންމެ ހޫނުގަދަ ކަމަށް ދައްކަނީ ހދ. ހަނިމާދޫ އަދި ލ. ކައްދޫއަށެވެ. އެގޮތުން ހަނިމާދޫގައި އިހްސާސްކުރެވޭ ހޫނުމިން 36.9 ޑިގްރީގައި ހުރިއިރު، ކައްދޫގައި މި ނިސްބަތް ހުރީ 35.9 ޑިގްރީގައެވެ. އާންމުގޮތެއްގައި މާޗް އަދި އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދެ މަސްކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނުމިން މަތިވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދު ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެކަށީގެންވާ ހެދުންލުމަށާއި، ގިނަގިނައިން ދިޔާއެއްޗެހި ބުއިމަށްވެސް ވަނީ އަންގާފައެވެ. ގަދަ ހޫނުގެ ސަބަބުން ބޮލުގައި ރިއްސައި ވަރުދެރަވާނަމަ ލަސްނުކޮށް ސިއްހީ މާހިރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭ އިން އެދިފައިވެއެވެ.
މޫސުން ގޯސްވެ، ފުވައްމުލަކުން އައްޑުއަށް ޔެލޯ އެލާޓް ނެރެފި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކުރިއަށް އޮތް 3 ދުވަހުވެސް ވަރަށް ވިއްސާރަ، މޫސުމަށް ސަމާލުވޭ! މޫސުން ގޯސްވެ އީޕީއޭގެ ލޯންޗެއް އަޑިއަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ