ޢުމްރާ ދަތުރުފުޅު ނިންމަވާލައްވައި، ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ޢުމްރާ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ފުރާވަޑައިގަތީ މިދިޔަ ހޯމަ ދުވަހެވެ. އަދި ނިންމަވާލެއްވުމަށްފަހު ވަޑައިގަތީ މިއަދެވެ. ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސައިދިނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ. އެ ދަތުރުފުޅުގެ ހުރިހާ ކަމެއް މިދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށްވެސް، ރައީސް އޮފީހުން ބުންޏެވެ. ފާހަގަކުރެވޭ ގޮތުގައި، 2024 ވަނަ އަހަރުވެސް ރައީސްގެ ދެކަނބަލުން ވަނީ ޢުމްރާގެ އަޅުކަމަށް ސަޢޫދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. އަދި، މިދިޔަ އަހަރު ސަޢޫދީ ރޯޔަލް ކޯޓުން ހިލޭ ހަމަޖައްސައިދިން ދަތުރުފުޅެއްގައި އެމަނިކުފާނުގެ ދެކަނބަލުން ވަނީ ޙައްޖަށް ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ