ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 7) - އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކްލަބް، މެންޗެސްޓާ ޔުނައިޓެޑްގެ މައި ހިއްސާދާރުން ކަމަށްވާ ގްލޭޒާ ފެމިލީން އިންޑިއާގެ މައި ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ކްލަބެއް ގަންނަން 1.8 ބިލިއަން ޑޮލަރުގެ ބިޑެއް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ގޮތުން، ގްލޭޒާ އާއިލާ އިން އަވްރަމް ގްލޭޒާ އިސްވެ، މަސައްކަތް ފަށާފައިވަނީ، އައިޕީއެލްގެ ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އާއި ރާޖަސްތާން ރޯޔަލްސް ތެރެއިން ޓީމެއް ގަތުމަށެވެ. އައިޕީއެލްގެ ގަވާއިދު ބުނާގޮތުން، އެއްވެސް ބަޔަކަށް ދެ ޓީމެއް ނުހިންގޭނެ އެވެ.
ގްލޭޒާ އާއިލާ އިން އަންނަނީ އެކި ކުޅިވަރު ޓީމުތައް ހިންގަމުންނެވެ. އެ ގޮތުން، ފުޓްބޯޅައިގައި ޔުނައިޓެޑްގެ މެޖޯރިޓީ ހިއްސާ އޮތްއިރު، އެންއެފްއެލްގައި ޓަމްޕާ ބޭ ބުކަނީއަސް ހިންގާއިރު، ޔޫއޭއީގެ އައިއެލްޓީޓީ20 މުބާރާތުގައި ޑެޒާޓް ވައިޕާސް ވެސް ހިންގަނީ ގްލޭޒާ އާއިލާ އިންނެވެ.
ގްލޭޒާ އާއިލާގެ ލެންސާ ކެޕިޓަލް ކުންފުނިން، ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗަސް ކްރިކެޓް މުބާރާތް، އައިޕީއެލް އަށް ވަންނަން މީގެ ކުރިން ވެސް އެކި ފަހަރު މަތިން މަސައްކަތްކުރި އެވެ. އެ ގޮތުން، 2021 ވަނަ އަހަރު ގުޖަރާތު ޓައިޓަންސް އާއި ލަކްނައު ސުޕަ ޖަޔަންޓްސް ގަންނަން ވެސް މަސައްކަތްކުރި އެވެ.
މި ފަހަރު، ގްލޭޒާ އާއިލާ އިން އެންމެ ބޮޑަށް މަސައްކަތްކުރަނީ، އައިޕީއެލްގެ ދެ ޑިވިޝަނުގެ (އަންހެން އަދި ފިރިހެން) ޗެމްޕިއަން، އާރްސީބީ ގަތުމަށެވެ.
ޔުނައިޓެޑްގެ ވެރިން އިންޑިއާ ކްރިކެޓް ޓީމެއް ގަންނަން 1.8 ބިލިއަން ޑޮލަރުގެ ބިޑެއް ޔުނައިޓެޑްގެ ވެރިން އިންޑިއާ ކްރިކެޓް ޓީމެއް ގަންނަން 1.8 ބިލިއަން ޑޮލަރުގެ ބިޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ