ކާވާ ވިމެންސް ލީގުގަައި ވެމްކޯ ބަލިކޮށް ޓުރާން ސެމީ އަށް ކާވާ ވިމެންސް ލީގުގަައި ވެމްކޯ ބަލިކޮށް ޓުރާން ސެމީ އަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ލީގުގައި ރާއްޖޭގެ ކްލަބް ވެމްކޯ ބަލިކޮށް ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އެހެން ފަސް ގައުމެއްގެ ކްލަބްތަކުން ވާދަކުރާނެ އެވެ. އެއީ، ސްރީ ލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބް، ކަޒަކްސްތާންގެ ޓުރާން ވޮލީބޯލް ކްލަބް، ނޭޕާލްގެ ޕޮލިސް ކްލަބް، އުޒްބެކިސްތާންގެ ހޫމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާން އެވެ.
ގްރޫޕް އޭގައި ހިމެނެނީ، ވެމްކޯ، ހިރުދަރަމާނީ އަދި ޓުރާން އެވެ. ގްރޫޕް ބީގައި ހިމެނެނީ، ނޭޕާލް ޕޮލިސް ކްލަބް، ހޫމޯ ވޮލީބޯލް ކްލަބް، ފޫލާދު މުބާރަކާ ސެޕަހާން އަދި ހުރާ އެެވެ. ގްރޫޕް އޭގައި ޓުރާން އިން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ ސެމީ އަށް ދަތުރުކޮށްފަ އެވެ. އިއްޔެ، ވެމްކޯ އަތުން އެ ޓީމުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ޓުރާން އިން ސެޓުތައް ގެންދިޔައީ، 25-21، 25-08 އަދި 25-08 އިންނެވެ.
މި ގްރޫޕުން ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރާނީ ވެމްކޯ އާއި ހިރުދަރަމާނީއާ އެވެ.
މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އަނެއް ޓީމު ކަމަށްވާ ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ފުރަތަމަ މެޗުގައި އުޒްބެކިސްތާނުގެ ހޫމޯ އަތުން 3-0 ސެޓުން މޮޅުވެފަ އެވެ. އެކަަމަކު، ދެ ވަނަ މެޗުގައި އީރާނުގެ ފޫލާދު އަތުން 3-1 ސެޓުން ބަލިވި އެވެ. އެ މެޗުގައި، ފޫލާދުން 25-14 އިން ފުރަތަމަ ސެޓު ގެންދިޔައިރު، ހުރާ އިން 23-25 އިން ދެ ވަނަ ސެޓު ކާމިޔާބުކުރި އެވެ. އެކަމަކު، ފޫލާދު މޮޅުވީ ދެން ކުޅުނު ދެ ސެޓު، 25-14 އާއި 25-12 އިން ގެންގޮސްގެންނެވެ.
މިއަދު ހަވީރު ކުޅޭ މެޗުގައި ހޫމޯ އިން ބައްދަލުކުރާނީ ފޫލާދުއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ