ހައްޖު ކޯޕަރޭޝަނުން ހދ.ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށްދިޔަ ހޮނިހިރު ބާޒާރުގައި އެކުންފުނިން ދެމުންގެންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފިއެވެ.
ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ އެ ސަރަހައްދަށް ވަރަށް މަޝްހޫރު ބާޒާރެކެވެ. މި ބާާރަށް ކުޅުދުއްފުށީ ރައްޔިތުންގެ އިތުރުން ކައިރި ރަށްތަކުގެ ރައްޔިތުންވެސް ޒިޔާރަތްކުރެއެވެ. ހައްކު ކޯޕަރޭޝަނުން ބުނީ ހޮނިހިރު ބާޒާރުގައި މައުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ހައްޖާއި އުމްރާގެ އަޅުކަމާ ބެހޭ މައުލޫމާތު ހދ ގެ ރައްޔިތުންނަށް ދިނުމަށް މިހާރު ފަށާފައިވާ ދަތުރުގެ ތެރެއިން ކުރިއަށްެގެންދެވުނު ހަރަކާތެއްކަމަށެވެ.
ހައްޖު ކޯޕަރޭޝަނުގެ ހދ އަތޮޅުގެ ދަތުރު ތާވަލް
މި ހަރަކާތުގައި ހައްޖާއި އުމްރާއަށް ރަޖިސްޓްރީވުމާއި، މުސާރައިން އުނިވާގޮތަށް ހައްޖާއި އުމްރާއަށް ފައިސާ ދެއްކޭނޭ ގޮތާއި، އެނޫންވެސް މައުލޫމާތުތައް ވަނީ ދީފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަކީ 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ހައްޖު ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ޙައްޖާއި ޢުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލުއި ފަސޭހަކަމާއެކު މި މަތިވެރިއަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލާ ރާވައިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ޤާއިމުކުރުމެވެ.
ހައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމަށްފަހު މިހާރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށްދާ ހުރިހާ އެންމެންވެސް ދަނީ އެޖަމާއަތުގެ ހަވާލުގައެވެ. ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާން ފެށުމުން ދިވެހި ހައްޖާޖީންނަށް ވަރަށްބޮޑު އިތުބާރަކާއި ރައްކާތެރިކަމެއް ވަނީ ލިބިގެންގޮސްފައެވެ. މީގެ ކުރިން އަމިއްލަ ކުންފުނިތަކުގެ ހަވާލުގައި ހައްޖައްދިޔަ ބައެއް ފަރާތްތަކަށް އެކި ކަހަލަ ނޭދެވޭ ކަންތައްތައް ކުރިމަތިވިނަމަވެސް މީހުން ހައްޖަށް ގެންދިއުމަށް ހަވާލުވުމާއެކު އެ ހިދުމަތަށް މިހާރު ވަނީ ބޮޑެތި ލުއިފަސޭހަކަމެއް ލިބިފައެވެ. އެގޮތުން ދިވެހި ހައްޖުވެރިން މިދިޔަ ފަހަރު ހައްޖަށް ދިޔައީ މައްކާރޫޓުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޗެކިންވެގެންނެވެ. މި ހިދުމަތުގެ ސަބަބުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ޙައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވޭގޮތަށް ވަނީ ދަތުރު ހަމަޖެހިގެންގޮސްފައެވެ. މައްކާ ރޫޓް ރާއްޖެއަށް ދާއިމީވެފައިވާއިރު، ކުރިއަށް އޮތް ހައްޖު މޫސުމުގައި ދިވެހި ހައްޖުވެރިންނަށް ހަމަޖައްސަންޖެހޭ ހުރިހާކަމެއްހެން މިހާރު ވަނީ ހަމަޖައްސައި ނިމިފައެވެ.
ހައްޖުގެ އިތުރުން ހައްޖު ކޯޕަރޭޝަނުންދޭ އުމްރާގެ ހިދުމަތަކީވެސް ދިވެހިން ބަލައިގަނެފައިވާ، އެންމެބޮޑަށް އިތުބާރުކުރެވޭ ހިދުމަތެވެ.
ކުޅުދުއްފުށީ ހޮނިހިރު ބާޒާރުގައި ހައްޖު ކޯޕަރޭޝަނުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ