ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީގެ ގޮނޑިތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއި ން ފަށައިފި

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުޅުދުއްފުށީ ސިޓީން ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ އިފުތިތާހުކޮށްފި އެވެ.
ހުކުރުދުވަހު ރޭ ކުޅުދުއްފުށީ ބަންޑާރަހިޔާ ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ޖަލްސާގައި ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
- އިބްރާހިމް ހަސަން ރޯޝަންހާރު
ޑަބްލިއުޑީސީގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓިންނަކީ:
އިބުރާހިމް ހަސަން (ކުޑަ އިއްބެ) ޕީއެންސީ ޓިކެޓް މޭޔަރުކަމަށް ވާދަކުރައްވާއިރު އަންހެނުން ކޮމެޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވަނީ މިހާރުގެވެސް އެ ކޮމެޓީގެ ރައީސް ހަދީޖާ މޫސާ އެވެ.
ޕާޓީގެ ފަރާތުން ވަކިވަކި ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް:
- އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ސިރާޖް މުހައްމަދު / އަންދާޒް
- އުތުރު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ސާޖިދާ އިބްރާހިމް / ވިންދު
- މެދު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- މާއިދާ ހަސަން ރަޝީދު / ނިކަ
- މެދު އުތުރު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ފާތިމަތު ހަސަން / އަރާއިރު
- ހުޅަނގު އުތުރު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- އިބްރާހިމް އަހުމަދު / ވަވަތި
- ހުޅަނގު އުތުރު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- އިހުސާނާ އާދަމް / ކެލްވީނިއާ
- މެދު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ޖައުފަރު އަލީ / ނަޖަފް
- މެދު ދެކުނު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ނާދިރާ އިބްރާހިމް / ވާދީގެ
- އިރުދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- ފާތިމަތު މުހައްމަދު / އަލްފަ
- އިރުދެކުނު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- އަމީނާ މުހައްމަދު / ރުވާމާގެ
- ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- އަހުމަދު އަބްދުލްރަހީމް / ފެލިވަރު
- ހުޅަނގު ދެކުނު ދާއިރާގެ ޑަބްލިއުޑީސީ މެމްބަރުކަމަށް ވާދަކުރާ ފަރާތަކަކީ:- އާމިނަތު ހަސަން / ސޭޑީކޯނަރ
މި ޖަލްސާގައި ދައުލަތުގެ 8 ވަޒީރަކާއި ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު އިބުރާހިމް ފަލާހު އާއި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަދި މީގެ އިތުރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ވަޒީރުގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ މުއްތަލިބް އާއި އެކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ފޮރިން މިނިސްޓަރު ޑރ އަބުދުﷲ ހަލީލް އާއި ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ތޯރިގް ހިމެނިވަޑައިގަންނަވަ އެވެ.
އަދި މީގެ އިތުރުން މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސްގެ ސީއީއޯ އިބުރާހިމް ހަލީމް އާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ