ބޭސް ލިބުން ދަތިވުމާއި ބައެއް ބާވަތްތަކުގެ ބޭސްތައް ހޯދުމުގައި ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ވާހަކައަކީ މިއަދުވެސް ދިވެހިންގެ އެންމެބޮޑުއެއް ޝަކުވާއެވެ. މީގެ ކުރީގެ ސަރުކާރުތަކުން މިކަން ކުރުމަށް އެކިފަހަރުމަތިން މަސައްކަތް ކުރިނަމަވެސް މިކަމަށް އެދެވޭފަދަ ހައްލެއް ލިބިގެން އަދިވެސް ނުދާކަން އާއްމުން ފާހަގަކުރެއެވެ.
މިކަން މިހެން އޮއްވައި ސްޓޭޓް ފާމާ ވުޖޫދަށް އައިސް، އެކުންފުނިން މިއަދު މިވަނީ އެކަމުގެ ޒިންމާ ނަގާފައެވެ. ސަރުކާރުން ސްޓޭޓްފާމާ އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ދަތިވެފައި ބޭހާއި މެޑިކަލް އާލާތްތައް ވީހާވެސް އަވަހަކަށް ގެނައުމެވެ. އެކުންފުނި ހާއްސަ ކޮށްފައިވަނީ އެކަމަށެވެ.
ސްޓޭޓްފާމާގެ ހިދުމަތް ފަށައި އެކުންފުނިން މިހާރު ވަނީ ބޭސް ހޯދުމަށް ގުޅާނެ ހޮޓްލައިނަކާއި ޕޯޓަލެއް ތައާރަފްކޮށްފައެވެ.
ސްޓޭޓްފާމާ ޕޯޓަލަށް ބަލާއިރު ޕޯތަލް ފަރުމާކޮށްފައިވަނީ އީފާސް މެދުވެރިކޮށް ޕޯޓަލަށްވަދެ ބޭސްސިޓީ ހުށަހެޅޭ ގޮތަށެވެ. ޕޯޓަލުން ބޭސްސިޓީ އަޕްލޯޑްކޮށް، ބޭނުންވާ ބޭހަށް އެދުމުގެ އިތުރުން ދޭ އޯޑަރުގެ ސްޓޭޓަސް ބަލާލެވެއެވެެ. މިކަން މިގޮތަށް ހަމަޖެއްސުމުން، ބޭހަށް އޯދަރުދިނުމަށްފަހު ފޯނު ނުނަގައިގެން ވާނުވާ ނޭނގިފައި ހުންނާކަށެއް ނުޖެހޭނެއެވެ. ކޮންމެ ވަގުތަކުވެސް ފޮނުވި ބޭސްސިޓީގެ ސްޓޭޓަސް ބަލާލެވޭނެއެވެ.
ސްޓޭޓް ފާމާއިން ބުނީ ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ބޭނުންވާ ބޭހަށް އެދި ހުށަހެޅޭނޭކަމަށެވެ.
ސްޓޭޓް ފާމާ ޕޯޓަލް: https://portal.statepharma.mv
ސްޓޭޓް ފާމާގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެކުންފުނިން މިހާރު ގެންދަނީ ބޭސް ފިހާރަތައް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ބޭނުމަކީ ރައްޔިތުން އެދޭފަދަ ކޮލިޓީ ބޭސް ލިބޭނޭ އިންތިޒާމު، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ގާއިމްކޮށްދިނުމެވެ.
ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 2025 އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
އީފާސް މެދުވެރިކޮށް ސްޓޭޓްފާމާ ޕޯޓަލަށް ވަދެ، މިހާރު ބޭސް ހޯދަން ބޭސްސިޓީ ހުށަހެޅޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ