މާފަަންނު މެދު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ އަދި ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާާ ރަޝީދު ފޮރިން މިނިސްޓްރީގެ 'ރަސްމީ' މަސައްކަތަކަށް ރާއްޖެ ވަޑައިގަންނަވަން އަންގައިފި އެވެ.
ވީ ކިހިނެއް؟ - މެންބަރު އަސްމާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ މެންބަރުން ވަކިކުރަން ސަރުކާރުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:
އަސްމާގެ ދަރިކަލުން، މުހައްމަދު ހުސެއިން ޝަރީފް ޔޫއޭއީގެ ސަފީރުކަމުން ވަކިކޮށްފައިވޭ
ސަލްމާ ވެސް ހަމަ އެ ދުވަހު މަގާމުން ވަކިކޮށްފައިވޭ؛ ނަމަވެސް ސަލްމާ ވަކިކުރިކަމުގެ ލިޔުން ބާތިލްކުރުމަށް ފަހު އަލުން އެ ލިޔުން ފޮނުވި ކަމަށް މައުލޫމާތު ލިބޭ
ތަފްސީލް - ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ފޮރިން މިނިސްޓްރީގެ ރަސްމީ ބައެއް މަސައްކަތްތަކެއް ކުރުމަށް ރާއްޖެ ވަޑައިގަތުމަށް ސަލްމާއަށް އަންގާފައިވެ އެވެ.
އެއީ ސީދާ ކޮން މަސައްކަތްތަކެއްކަން އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ. އަދި ސަލްމާ ރާއްޖެ ވަޑައިގެން މި މަސައްކަތްތަކެއް ކުރަން އިންނަވަން ޖެހެނީ ކިހާ ދުވަހެއް ކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވި އެވެ.
އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ ހައިސިއްޔަތުން ސަލްމާ މަސައްކަތްކުރައްވަމުން ގެންދަވަނީ އދ.ގެ މައި އެއް މަރުކަޒު ހުންނަ ސްވިޒަލޭންޑްގެ ޖެނީވާގަ އެވެ.
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ސަލްމާ ވަކިކުރި ކަމަށް އޮތް ސިޓީ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއާ އެކު، އޭނާގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ސަލްމާ ރާއްޖެ ގެންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ