މަގުމަތިވެފައި އޮއްވައި ޕާޓީ ނަގާ ކޮޅަށްޖެހީ އަޅުގަނޑު، މިއަދު އެ ކަތިލަނީ އެމްޑީޕީ: ގަޕޯ
އެމްޑީޕީ މަގުމަތިވެފައި އޮއްވައި ނަގާ ކޮޅަށް ޖެހީ އޭނާ ކަމަށާއި މިއަދު ކަތިލަމުން ދަނީ އެމްޑީޕީ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ. ގަޕޯ މިފަދައިން ވިދާޅުވެފައި ވަނީ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ޗެއާޕާސަންކަމުން ގަޕޯ ވަކިކުރަން ހުށަހެޅީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ފަރާތުންނެވެ. އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިޚާބުގަ އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ނަޝީދަށް ވާހަކަދައްކަން ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ. https://sun.mv/220337 މި މައްސަލައާ ގުޅުވައި އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި ވީޑިއޯއެއްގައި ގަޕޯ ވިދާޅުވީ، ޖަލްސާގައި ވާހަކަދެއްކުމަށް ފުރަތަމަ ހަމަޖެހިފައި އޮތީ ސިޓީތަކުގެ އަންހެނުންގެ ކޮމެޓީގެ ފަސް ރައީސުންނާއި ފަސް މޭޔަރުން ކަމަށެވެ. އޭގެ އިތުރުން ވާހަކަދެއްކުމަށް ހަމަޖެހިފައި އޮތީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ރިފަރެންޑަމް ކޮމެޓީގެ ޗެއާ އަޙްމަދު ސަލީމް (ސައްލެ) އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި އިލެކްޝަން ކޮމެޓީގެ ޗެއާ މުޙައްމަދު އިބްރާހީމް (ކުޑޫ) ކަމަށެވެ. ގަޕޯ ވިދާޅުވީ އެ ދުވަހުގެ މެންދުރު ދޭއް ޖެހިއިރު ޖަލްސާގެ އެޖެންޑާ އެއްކޮށް ފައިނަލް ކުރުމަށްފަހު ކުޑޫއާ ހަވާލުކުރި ކަމަށެވެ. އެއަށްފަހު އެރޭ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އޭނާއަށް ފޯނުން ގުޅުއްވައި ޖަލްސާގައި ވާހަކަދައްކަން ބޭނުންވާކަމަށް ވިދާޅުވި ކަމަށް ގަޕޯ ވަނީ ވިދާޅުވެފައެވެ. އެރޭ ފައްޔާޒު ގުޅާފަބުނި ތިމަންނާ ވާހަކަދައްކަން ބޭނުމޭ. ފައްޔާޒު ކައިރީ ބުނިން ވަގުތުކޮޅެއް ދޭށޭ ވާހަކަދައްކާފައި ގޮތެއް ނިންމާފައި އަޅުގަނޑު ޖަވާބެއް ދޭނަމޭ. ހަމަ އެ ކޯލް ނިމުނުތަނާ ރައީސް ނަޝީދު އަޅުގަނޑާ ގުޅި. ގުޅާފަ ބުނި ތިމަންނައަށް ވާހަކަދައްކަން ފުރުސަތު ދޭންޖެހޭނެއޭ. އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީކީ އަޅުގަނޑު ނިންމާނީ ކެމްޕެއިން ކޮމެޓީގައި މަޝްވަރާކޮށްފައޭ. އަޅުގަނޑަށް ވަގުތުކޮޅެއްދޭށޭ. ބުނެފަ ފޯނު ނުބޭއްވޭ، ބްރޭކިން ނިއުސްތައް އަރުވައިފި. ޖަލްސާ ބޮއިކޮޓްކުރިކަމަށް. އެއީ އެކަން ހިނގައިދިޔަ ގޮތަކީ،އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ގަޕޯ ވިދާޅުވީ އޭނާ ނުފޫޒު ބޭނުން ކޮށްގެން ކުރި ކަމެއް ފެންނާކަށް ނޯންނާނެ ކަމަށެވެ. އެގޮތުން ބޭނުންވެއްޖެނަމަ ޖެހިގެން އައި ދުވަހު ވެސް ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު ޕާޓީއަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ގަޕޯ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ކުރިން ބޭއްވި ތިން އިންތިޚާބުގައި ވެސް އެ ޕާޓީ ފެއިލްވެފައިވާ ކަމަށެވެ. އަދި ޕާޓި މަގުމަތިވެފައި އޮތް ދަނޑިވަޅެއްގައި ޕާޓީ ނަގާ ކޮޅަށްޖެހީ އޭނާކަމަށް ގަޕޯ ވަނީ ވިދާޅުވެފައެވެ. މިއަދު ޕާޓީއަށް ކާމިޔާބެއް ލިބުނީމާ އެ ކްރެޑިޓް އަޅުގަނޑަށް ދޭށެކޭ އަޅުގަނޑު ނުދަންނަވަން. ޕާޓީގެ ދާއިރާތަކުގައި ތިބި އެންމެން ކުރި މަސައްކަތްމީ. އެ ހަގީގަތް މިއަދު ގަބޫލުކުރަންޖެހޭނެ. އެހެންވީމާ މިއަދު އަޅުގަނޑު ކަތިލުމަކުންނެއް މިކަން ފުރިހަމަވެގެނެއް ނުދޭ. މިއަދު އެ ކަތިލަނީ އެމްޑީޕީ،އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ފާހަގަކޮށްލެވޭ ގޮތުގައި ގަޕޯ ވަކި ކުރަން, 55 މެންބަރުންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އިސްތިއުފާއެއް ނުދެއްވާނެ ކަމަށާއި، ގޮތް ނިންމުމަށް އެ ޕާޓިގެ ގައުމީ މަޖިލީހުގެ ވޯޓު ނެގުމަށް އޭނާ މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވިއެވެ. އެއާއެކު އެ މައްސަލައިގައި ގޮތެއް ނިންމުމަށް އަންނަ ހަފުތާގެ ހޯމަ ދުވަހަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މިހާރު އޮތީ ނިންމައިފައެވެ. https://sun.mv/220331 އެމްޑީޕީގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް އުފެދުނު އިރު، މީގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭ ހަމަނުޖެހުން އުފެދި ޕާޓީ ބައިވިއެވެ. އޭރު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއެވެ. ނަމަވެސް، އެ މެންބަރުން ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން، ކައުންސިލު އިންތިޚާބުގެ ކެމްޕެއިނަށް ރަށްތަކަށް ވަޑައިގެން އުޅުއްވިއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުގައި، އެ ޕާޓީއަށް ކައުންސިލް އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބުނީ ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ޕާޓީން ކުރި މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ