މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ވެށި، ޙުސައިން ސަމާޙު (33އ) އާއި ޏ. ފުވައްމުލައް / ހޯދަޑު.ވައިގަދަގެ، ހަސަން ޖައިލަމް (34އ)އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި އިއްޔެ ހުޅުމާލެ ފޭސް 1 އިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 36 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ކާރު ޓޯ ކޮށްފައިވާ ކަމަށެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ