ޖަޕާނުގެ އިރުއުތުރު އައްސޭރިފަށަށް 7.5 މެގްނިޓިއުޑްގެ ބިން ހެލުމެއް އައިސް، ބޮޑު ސުނާމީއެއްގެ އިންޒާރު ދީފި އެވެ.
ވީ ކިހިނެއް؟ - މާލެއާ 7،955 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) ވަނީ ބުނެފަ އެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނާގޮތުގައި ބާރުގަދަ މި ބިން ހެލުމާ ގުޅިގެން، 3 މީޓަރުގެ އުސް ސުނާމީއެއް އެރުން އެކަށީގެންވެ އެވެ. މިއީ އާއްމުކޮށް މި ފަދަ ގުދުރަތީ ހާދިސާތައް ގިނަ އެ ގައުމަށް ވެސް ވަރަށް ބޮޑު ސުނާމީ އެކެވެ. އެއާއެކު މިހާރު އެ ގައުމަށް ވަނީ 'މޭޖާ ސުނާމީ ވޯނިން' ނެރެފަ އެވެެ.
ޖަޕާނުގެ ބިންހެލުންތަކުގެ ބާރުމިން ބަލާ ލެވެލް ހަތެއްގެ މިންގަނޑުން މި ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައިވަނީ 'އަޕާ 5' އަށެވެ. އެއީ، އެއްޗެއްގައި ހިފަހައްޓައިގެން ނޫނީ ހިނގާބިނގާވެ އުޅެން ގިނަ މީހުންނަށް އުނދަގޫވާ އަދި ހަރުނުކޮށް ހުންނަ ފަރުނީޗަރު ފަދަ ތަކެތި ވެއްޓޭ ފަދަ ބާރުމިނެވެ.
މި ބިން ހެލުން އައިސްފައިވަނީ ރާއްޖޭގެ ގަޑިން 12:50 ހާއިރު އެވެ.
ޖަޕާނަށް ބާރުގަދަ ބިންހެލުމަކަށް ފަހު ބޮޑު ސުނާމީއެއްގެ އިންޒާރު، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ