ވޮލެޓެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަނީ

ވޮލެޓެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ވަނީ، އެމީހާ ވޮލެޓު ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މީސްމީޑިޔާގައި އާންމުކޮށްފައެވެ.
އަދި މި ފޫޓޭޖާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފޫޓޭޖުން ފެންނަ މީހާއަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ފޫޓޭޖުން ފެންނަ ގޮތުގައި ވިލިމާލޭ ފެރީ ޓާމިނަލް ކައިރިއަށް ވޮލެޓެއް ވެއްޓިފައިވަނިކޮށް އޭނާ ވަނީ އެވޮލެޓު ވަގަށް ނަގާފައެވެ.
އެމީހާއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ، މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ