ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ހޮނު އަޅައި، ގެއްލުންތަކެއް ލިބިއްޖެއެވެ.
ހުޅުމާލެއަށް ހޮނު އެޅުމުގެ ސަބަބުން ފޭސް 1ގެ އިމާރާތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި ބައެއް އިމާރާތްތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ.
އޭގެ އިތުރުން ފަތިހު 5:00 އާ ހަމައަށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ވައިޓް އެލާޓު ވެސް ވަނީ ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މާލެ ސަރަހައްދަށް މޫސުން ގޯސްވެ، ހުޅުމާލެއަށް ހޮނު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ