މެންބަރު ސިޔާމްގެ ބައްޕާފުޅު ގާސިމް އަވަހާރަވެއްޖެ

ގާސިމް އަވަހާރަވެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 81 އަހަރެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ ބައްޕާފުޅު މުހައްމަދު ގާސިމް އަވަހާރަވެއްޖެ އެވެ.
ގާސިމް އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގަ އެވެ.
އުމުރުން 81 އަހަރުގައި ގާސިމް އަވަހާރަވިއިރު ގާސިމްގެ ނުވަ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. ގާސިމް އަކީ އުފަން ރަށް ނ. އަތޮޅުގެ ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވަ ފަރާތެކެވެ. ހިދުމަތުގެ ބޮޑުބައި ހޭދަކުރެއްވީ ސަރުކާރުގެ ހިދުމަތުގަ އެވެ. އޭގެ ތެރޭގައި ނ. ކުޑަފަރީގެ ކަތީބުކަމާއި އަދި އެ ރަށު މަދަރުސާގެ ނާޒިރުކަން ކުރައްވާފައިވެއެވެ.
ސިޔާމްގެ ބައްޕާފުޅުގެ މޫނު ދެއްކުން މިއަދު މެންދުރު ފަހު 1:30 އިން ފެށިގެން އިސްލާމީ މަރުކަޒުގަ އެވެ. އަޞުރު ނަމާދަށް ފަހު ކަށުނަމާދު އޮންނާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ