ކުށްތަކަށް އަރައިގަތް 186 ބިދޭސީއަކު ރާއްޖެއިން ޑިޕޯޓުކޮށްލައިފި

ކުށްތަކަށް އަރައިގަތް 186 ބިދޭސީއަކު ރާއްޖެއިން ޑިޕޯޓުކޮށްލައިފި އެވެ.
އެކަން ހާމަކޮށްފައިވަނީ ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކުން, ބޮޑެތި ކުށްތަކަށް އަރައިގަންނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް, އޭގެ ތެރޭގައި ޑޮކިއުމެންޓާއި ޕާސްޕޯޓު ހުރި ބައެއް ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށެވެ.
އިމިގްރޭޝަނާއި ފުލުހުންނާ ގުޅިގެން ސިލްސިލާކޮށް ހަފްތާއަކު ދޭއް ނުވަތަ ތިން ރެއިޑް އޮޕަރޭޝަން ހިންގަމުންދާ ކަމަށާއި، މިއީ ވަކި ބަޔަކަށް ޓާގެޓް ކޮށްގެން ހިންގާ ހާއްސަ އޮޕަރޭޝަންތައް ނޫންކަން ވެސް ޝަމްއާން ފާހަގަކުރެއްވި އެވެ.
ޑީޕޯޓުކުރި 186 ބިދޭސީންނަކީ 12 ގައުމަކަށް ނިސްބަތްވާ މީހުންކަން ފާހަގަކޮށް ޝަމްއާން ވިދާޅުވީ އޭގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށެވެ.
ޑިޕޯޓު ކުރި ބިދޭސީންގެ ތެރޭގައި ވިސާ ވައިލޭޝަން އަދި މަސްތުވާތަކެތީގެ މައްސަލަތައް ފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ