ޔާމީން ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް އެމްޑީޕީއަށް ސޮއިކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުުއާޒް އަލީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.މުއާޒް، އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމް ހަވާލުކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒްއާއެވެ. ނިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއާޒް އެކުގައި މަސައްކަތް ކުރައްވަން ނިންމެވީތީ އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށާއި އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށެވެ.އެމްޑީޕީއަށް ސޮއިިކުރެއްވުމަށްފަހު، އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދެއްވާ ގައުމެއްގެ ގޮތުގައި ބާކީނުވާކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދުނިޔެއަށް ދައްކުވައިދެއްވައިފި ކަމަށެވެ."މި ނުކުތީ އެއްބުރުން ރައީސް އިބޫ ދެވަނަ ދައުރަކަށް ހޮވުމަށް އަތުކުރި އޮޅައިލައިގެން އިންޝާﷲ،" މުއާޒް ވިދާޅުވިއެވެ.ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ދައުލަތުގެ މީޑިއާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ