ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުަރައްވާފައިވާ އަބްދުﷲ ޖަމީލް އަވަހާރަ ވެއްޖެއެވެ.
އަބްދުﷲ ޖަމީލް ވަނީ ރައީސް މައުމޫނުގެ ސަރުކާރުގައި މޭ 27، 1991 އިން ނޮވެމްބަރު 10، 1993 އާ ހަމައަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި މައުމޫންގެ ޒައާމަތުގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީގެ މަގާމާއި މިނިސްޓަރު އޮފް ހެލްތުގެ މަގާމާއި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ މަގާމުގެ އިތުރުން މިނިސްޓަރު އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމުވެސް ފުރުއްވާފައި ވެއެވެ.
މީގެ އިތުރުންވެސް މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕްރެޒިޓެންޝަލް އެފެއާޒްގެ މަގާމާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގެ މަގާމުގެ އިތުރުން މިނިސްޓަރު އޮފް ހޯމް އެފެއާޒް ކަންވެސް ކުރައްވާފައި ވެއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ޕަބްލިކް ހެލްތު ޑިވިޝަން އާއި ދައުލަތުގެ އެހެން އިދާރާތަކުގައި ވެސް އަބްދުﷲ ޖަމީލް ހިދުމަތް ކުރައްވާފައި ވެއެވެ.
އަބްދުﷲ ޖަމީލް އަކީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލްގެ ބައްޕާފުޅުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ބޭބޭފުޅެވެ.
"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އަވަހާރަވީ ދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ