2018 ވަނަ އަހަރު އިިންތިހާބަށް ހެދި ކޯލިޝަން އެއްބަސްވުމުގައި އޮތް ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަ ޖެހޭ މީހަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު ވީޓީވީގެ ހަބަރަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ އެ އެއްބަސްވުމުގައި ވާގޮތުން މަޖިލީހުގެ ކޮމިޓީއެއްގެ މުޤައްރިރުކަން ނުވަތަ ނައިބު މުޤައްރިރުގެ ކަން ވެސް އެމަނިކުފާނަށް އޮންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑަކީ އަޅުގަނޑުމެން ހެދި އެއްބަސްވުމުގައިވާގޮތުން ކޮންމެ ގޮތަކަށް މަޖިލީހުގެ އިންތިޚާބު ނިމިގެން ދިޔަސް, ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންދާކަމަށް ވަންޏާ, އިކްލޫޑިން އެމްޑީޕީ, އަޅުގަނޑަކީ މަޖިލީހުގެ ރައީސަކަށް ހުންނަން ޖެހޭ މީހާ" ގާސިމް ވިދާޅުވިއެވެ.
މިއަދު ދެއްވި އިންޓަވިއުގައި ގާސިމްވަނީ ދިވެހި ރާއްޖޭގެ ވެރިކަމުގައި އިތުރު މީހެއް ހުންނަން, ކުރީގެ ރައީސް, މުޙައްމަދު ނަޝީދު ބޭނުންފުޅުވެ ނުލައްވާނެ ކަމަށް ވިދާޅުވެ, އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ޤާސިމް ވިދާޅުވީ, ރައީސް ނަޝީދާއިއެކު ކުރެވުނު މަޝްވަރާތަކުގައި ހުށަހެޅުމެއްވެސް ހުށަހެޅި ކަމަށާއި, ހުށަހެޅި ކަރުދާހުން ފެނުނީ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ގުރުބާން ކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި ނަޝީދުގެ މަޤުސަދަކީ އެމްޑީޕީ ހަލާކު ކުރީ ޤާސިމް އަޑީގައި ހުރެގެން ކަމަށް ދެއްކުންކަމަށެވެ. ނަމަވެސް އެޖާގަ ދިނުމަށް ބޭނުން ނުވާކަމަށް ޤާސިމް ވިދާޅުވިއެވެ.
އަޅުގަނޑަކީ މަޖިލީހުގެ ރައީސަކަށް ހުންނަން ޖެހޭ މީހާ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ