މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު، ދުވަހުން ދުވަހަށް މިންވަރު މައްޗަށް!

މާލެ ސަރަހައްދުގެ ޕަވާ ޔޫސޭޖު ނުވަތަ ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ، ކަރަންޓު ބޭނުން ކުރުމުގައި އިގްތިސޯދު ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަނެއްކާވެސް އިލްތިމާސް ކޮށްފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މިދިޔަ ފެބްރުއަރީ މަހާއި މާޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާ ގޮތުން، މާލެ ސަރަހައްދުގެ އެވްރެޖް ޕަވާ ޔޫސޭޖް (އެވްރެޖް އެނާޖީ ކޮންސަމްޕްޝަން) ދުވަހެއް ދުވަހަކަށް މަތިވަމުން އަންނަ ކަމަށެވެ.
މިދިޔަ ފެބްރުއަރީ، މާރިޗު އަދި އެޕްރީލް މަހުގެ ލޯޑު ޓްރެންޑު ދައްކާގޮތުން، ގްރޭޓަރ މާލޭގެ އެވްރެޖް ޕަވަރ ޔޫސޭޖް (އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން) މިދަނީ ދުވަހެއް ދުވަހަކަށް މަތިވަމުން. އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި pic.twitter.com/pkyi1FWE25
— STELCO (@STELCOMALDIVES) April 23, 2023
އެވްރެޖްކޮށް ބަލާނަމަ ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތެއްގެވެސް އެހެން މަސްތަކާއި އަޅާ ބަލާއިރު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
“އެހެންކަމުން މިދުވަސްވަރު ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން،” ސްޓެލްކޯ އިން ބުންޏެވެ.
މިދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ހޫނުގަދަ ދުވަސްވަރެކެވެ. އެގޮތުން މިމަހުގެ 11ވަނަ ދުވަހަކީ މިހާތަނަށް އެންމެ ގިނައިން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރި އެއް ދުވަސް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އިއްޔެ ވަނީ ވިދާޅުވިއެވެ. އެގޮތުން ކަރަންޓު ބޭނުންކުރި މިންވަރު އެދުވަހު 92.5 މެގަވޮޓު މައްޗަށް އެރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުރިޔަށް ދެ ހަފްތާގައިވެސް އެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
© 2021-2023 Hathaavees Online | All Rights Reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ