ގާޒީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި
ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލްއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލާ ގުޅޭގޮތުން ޖޭއެސްސީ ބެލީ ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. 2021 ޑިސެމްބަރު 13 ވަނަ ދުވަހު ބަލަން ފެށި އެ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުކަމަށް އެ ކޮމިޝަނުން ބުންޏެވެ.ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ސާބިތުވެ، ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑްކޮށް އަދި ބައެއް ފަނޑިޔާރުންނަށް ނަސޭހަތް ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު އެއްވެސް ފަނޑިޔާރަކު މަގާމުން ވަކިކުރާކަށް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ