އެންމެ ހިންގުންތެރި ކައުންސިލުން އިސްކަންދިނީ ރައްޔިތުން ބިނާކުރުމަށް

އއ. ބޮޑުފުޅަދޫއަކީ މާލެއާއި 81.64 ކިލޯމީޓަރު ކައިރީ އޮންނަ ކުޑަ ރަށެކެވެ. މި ރަށުގެ އާބާދީގައި ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނާއެކު 1800 ވުރެ ގިނަ މީހުންގެ ދިރިއުޅެމުންގެންދެއެވެ. ތައުލީމަށް ނަޒަރު ހިންގާލާއިރު އެރަށުގައި އެލްކޭޖީން ފެށިގެން ގްރޭޑް 10 އާއި ހަމައަށް ކިޔަވައިދެއެވެ. ބޮޑުފުޅަދޫގެ އާބަދީ ނިސްބަތުން ކުޑަނަމަވެސް ރަށުގެ ކައުންސިލާއި ރައްޔިތުންނާއި ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަކަން ސާބިތުކޮށްދިނީ މިފަހަރު ބޭއްވި އެންމެ ހިންގުންތެރި ކައުންސިލެއްގެ ގޮތުގައި އއ. ބޮދުފުޅަދޫ ކައުންސިލު ހޮވުމުންނެވެ.
ބޮޑުފުޅަދޫ ކައުންސިލުން އެންމެ އިސްކަމެއްދެނީ ރަށުގެ ރައްޔިތުން ބިނާކުރުމަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ. އެ ރަށު ކައުންސިލުގެ ރައީސް ސުޖާއު އާދަމް ވިދާޅުވީ، އއ. ބޮޑުފުޅަދޫގެ ކައުންސިލުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ރައްޔިތުން ބިނާ ކުރުމަށް އެކި ކޯސްތައް ހިންގަމުންގެންދެއެވެ. އަދި އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އެގޮތައް ހިންގާ ކޯސްތަކުގައި އެރަށުގެ ސްކޫލް 5 ކުދިންނަށް ފުރުސަތު ދިނުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ވަޒީފާ ލިބުމުގެ ދަތިތައް ކުރިމަތިވާ ޒުވާނުންނަށް އެހީތެރި ވުމަށް އިތުރު ކޯސްތައް ހިންގަމުންގެންދެއެެވެ.
މިކަމުގެ ސަބަބުން ކުރިން ވަޒީފައި ނުލިބިފައި ތިބި ޒުވާންފުރައިގެ ކުދިންނަށް ވަޒީފައި ލިބުމުގައި ހުރި ދަތި ތަކަށް ހައްލެއް ލިބެ ކަމުގައި އެ ރަށުކައުންސިލުން ފާހަގަ ކުރެއެވެ. ބޮޑުފުޅަދޫ ކައުންސިލުން އެރަށުގައި ހިންގާ ކޮންމެ ކޯހަކީވެސް ހިލޭ ބައިވެރިވެވޭ ކޯސްތަކެކެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަންހުންނަ މީހުންނަށާއި ކުދިންނަށް އިސްކަމެއްދިނުމަކީ، އެ ރަށްކުރިއަރާ ދިއުމުގެ ބާރެއްގެ ގޮތުގައި ބޮޑުފުޅަދޫ ކައުންސިލު ރައީސް ފާހަގަކުރެއެވެ.
އެރަށު ކައުންސިލު ރައީސް ވިދާޅުވީ، 2021 އަހަރު ނިމުނުއިރު އެކި ދާއިރާތަކުން 135 މީހުން، ކޯސްތައް ހަދާ ތަމްރީނުވެގެން މުޖުތަމައުއަށް ނުކުމެފައިވާކަމަށެވެ އަދި ރަށުގައި ވަޒީފާ ނެތް ޒުވާނުންނަށް މި ކޯސްތަކުގައި ބައިވެރި ކުރުން ވެގެންދިޔައީ އެމީހުންނަށްވެސް ވަޒީފާ ލިބުމުގެ ބާރަކަށެވެ. ހަމައެގޮތައް ރަށުން ވަޒީފާ ނުލިބޭނަމަ ކައިރީ ރިސޯޓްތަކުން ވަޒީފައި ހޯދައި ދިނުމުގައި އެހިތެރިކަން ފޯރުކޮށްދެއެވެ.
ބޮޑުފުޅަދޫ ކައުންސިލުން ހިންގާފައިވާ ބައެެއް ކޯސްތަކުގެތެރޭގައި، އޮފިސްމެނޭޖްމަންޓް ކޯސްތައް، ކޭކްއަޅަން ދަސްކޮށްދޭ ކުރު ކޯސްތައް، ޕޭސްޓްރީ ކޯސްތައް، ކަލްނަރީ ކޯސްތައް، ފަހާ ކޯސްތައް، އިލެކްޓްރިކަލް އިންޖިއަނަރިން ކޯސްތަކުގެ އިތުރުން ނިޔަމިކަމުގެ ކޯސް ހިމެނެއެވެ.
ރައްޔިތުންނާއި އޮންނަ ގުުޅުން ރަނގަޅުކުރުމަށް މަހަކު އެއްފަހަރު އެރަށުގެ ކައުންސިލުން ރަށުގެ ޖަމިއްޔާތަކާއި ރައްޔިތުންނާއެކު ބައްދަލުންވުންތައް ބާއްވައެެވެ. އަދި މި ބައްދަލު ވުންތަކަށްފަހު ވީ އެންމެ އަވަސް ފުރުސަތުގައި އެކަންކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްވެސް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ.
މީގެއިތުރުން ރަށުގައި އެކި ވިޔަފާރިތައް ހިންގުމަށް ކައުންސިލުން ބިންދޫކުރެއެވެ. އަދި މި ގޮތަށް ބިންދޫކުރާއިރު ވަކި ވިސްނުމަކަށް ނުބަލާ ހުރިހާ ރަށެއްގެ ވިޔަފާރިވެރިންނަށްވެސް ފުރުސަތު ދެމުންގެނެދެއެވެ.
ބޮޑުފުޅަދޫ ކައުންސިލުން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ 7 ތަސައްވުރެއްވެއެވެ. އެއީ ހުޅުދާންޖީލެއް، އަހުވަންތަވެރިން، ހިތްގައިމުވެއްޓެއް، ރަށްވެހި މުވައްޒަފުން، ހަށިހެޔޮ ރައްޔިތެއް، ތަރުބަވީ މުޖްތަމައުއެއް، އަދި ފުންދުންތެރި ޖަމައަތެކެވެ.
ނަތީޖާއަކީ 2020 އަދި 2021 ގަވެސް ބޮޑުފުޅަދޫ އެންމެ ހިންގުންތެރި ކައުންސިލެއްގޮތުގައި ހޮވިފައިވުމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޮޑުފުޅަދޫ ކައުންސިލުގެ އަމާޒަކީ ، އެ ލަގަބު ދެމެހެއްޓުމަށް ރައްޔިތުންނާއި ގުޅިގެން ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ