ޔުނައިޓެޑް އޮޕޮޒިޝަންގައި އަޅުގަނޑު ބައިވެރިއެއް ނުވަން: ގާސިމް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ލީޑަރަކަށް ހަދައިގެން އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން"ގައި ބައިވެރިނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި ގާސިމް ވިދާޅުވީ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އަށް އޭނާ ތާއީދު ކުރައްވާކަން އޭނާ ހާމަކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. Maldives Untd Opposition ah support kura kamabune & Raees Yameen eykiyaigen, alhugandu buni kamah social media gai evanee mulhin dhogeve — Qasim Ibrahim (@qasimibrahim) June 4, 2016 ގާސިމް ވިދާޅުވީ އިދިކޮޅު ބައެއް ފަރާތްތަކާ އެކު ފޮޓޯ ނަގަން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބައިވެރިވެފައިވީ ނަމަވެސް އެއީ އެ ޕާޓީން ނިންމާފައިވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ އާއި އަދި އޭގެ ފަހުން އިދިކޮޅު ފަރާތްތަކާ އެކު އޭނާ ކުރައްވާފައިވާ އެއްވެސް ކަމަކީ އެ ޕާޓީއަށް އެނގިގެން ކުރައްވާފައިވާ ކަމެއް ކަމަށް ނުވާތީ އެކަން ބައްލަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ