މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރެފި

މޫސުން ގޯސްވުމާއި ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ. 
ބޯކޮށް ވާރޭވެހި ބާރަށް ގުގުރުމާ ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމަޔަށެވެ. 
މި އެލަރޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00 ގެ ނިޔަލަށެވެ.
Advertisement
މެޓްއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މޫސުން ގޯސްވެ، މި ހަތްފާގެ ކުރީކޮޅުވެސް މެޓުން ވަނީ ރާއްޖޭގެ ބައެއް ހިސާބުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި މި ހަފްތާގެ ތެރޭގައި ބައެއް ސަރަހައްދުތަކަށް ވައިޓް އެލަރޓް ވެސް ނެރެފައިވެއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މި ދުވަސްކޮޅު ކަނޑު ދަތުރުކުރައްވާ ފަރާތްތައް ސަމާލުވުމަށް އެދިލައްވާފައެވެ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ