ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ފުއްގިރި މައްސަލާގައި ޔާމީނާއި އިތުރު ބައެއްގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހެކިބަސް ނެގުން މާދަމާ ކުރިއަށް ގެންދަން އޮތީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ އަންނަ ހޯމަ ދުވަހާ ހަމައަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އެންގީ އެ މައްސަލާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާފައިވާތީ އެ މައްސަލަ ނިމެންދެންނެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ދައުލަތުން ބުނީ، އެކަމަކު ޝަރީއަތް އަވަސް ކުރުމަކީ ދައުވާ ލިބޭ ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއް ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިޔަޔަސް ގެއްލޭނެ ހައްގެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި ޔާމީން ވިދާޅުވީ، މައްސަލަ އަވަސް ކުރަން ދަށު ކޯޓުން އުޅޭ ގޮތުން ތައްޔާރު ނުވެވޭ ކަމަށެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވާއިރު، ވަކީލުންނާ މަޝްވަރާ ކުރައްވަން އެކަށީގެންވާ
ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން އިއުލާން ކުރެއްވީ އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމައަށް ޝަރީއަތް މަޑުޖައްސާލަން އަމުރުކުރަން ނިންމަވާ ކަމަށެވެ.
ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ