އައްޑޫ ކަރަންޓުގެ މައްސަލަ: ހައްލުނުވެ ގިނަ ދުވަސްވެފައިވާއިރު ކަންބޮޑުވުން ވެސް ގިނަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑެމުންދާތާ މަސްދުވަސްވާން ގާތް ވެފައިވާއި ވާއިރު އަދިވެސް އެމައްސަލައަށް ހައްލެއް ލިބިފައި ނުވާކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މާމެންދޫ ދާއިރާާގެ މެމްބަރު އާމިނަތު އަދާލާ ރަޝީދު ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހެއް ރަސްމީ ފަރާތަކުން އަދި ކައުންސިލާ ހިސާކޮށްފައި ނުވާކަމަށެވެ. ނަމަވެސް ކުރިން ކަރަންޓު ކެނޑޭ ވަރަށް، މިހާރު ކަރަންޓު ނުކެނޑޭތާ ދެ ދުވަހެއް ވެއްޖެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދާލާ ވަނީ ކަރަންޓަށް ދިމާވާ މައްސަލއިގެ ސަބަބުން ރައްޔިތުންގެ އަގުބޮޑެތި މުދަލަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދިވެސް ހައްލު ވާނެ ދުވަހެއް ނޭނގެ ހަމަ. ވަރަށް ބޮޑެތި ގެއްލުންތައް ދޯ މިހުންނަނީ. މީގެ ދެ ދުވަސް ކުރީންވެސް ގުޅި ކައުންސިލަށް. ޓީވީއާ، މޯޓަރުތަކާ، އޭސީ މީ އަގުބޮޑެތި ތަކެތި. ރައްޔިތުންގެ މި އެއްޗެހި ހަލާކުވީމަ ޒިންމާވާނެ ފަރާތެއްވެސް ނެތް. ކައުންސިލްގެ ހިތަދޫ މާމެންދޫ ދާއިރާާގެ މެމްބަރު އާމިނަތު އަދާލާ ރަޝީދު އަދާލާ ވިދާޅުވީ އައްޑޫ ސިތީގެ ފެނާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ސަރުކާރުން ބުނަމުންދާތާ މިހާރު އަހަރުތަކެއް ވެފައި ވާކަމަށާއި ނަމަވެސް އަދި މިހާތަނަށް މިކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށެވެ. ހަގީގަތުގެ ވަރަށް ހާލުގަ އައްޑޫ ރައްޔިތުން މިއުޅެނީ. ފެނާ ކަރަންޓާ، ދޭތެރެ ދޭތެރެއިން މިހާރުވެސް ފެން ކެނޑޭ. ފްލެޓްތަކުގަ އުޅޭ މީހުންނަށް ކިހާ އުނދަގޫވާނެ، ފެނާ ކަރަންޓާ ކެނޑެންޔާ. ކިހިނެއް ހަދާނީ. ކައުންސިލްގެ ހިތަދޫ މާމެންދޫ ދާއިރާާގެ މެމްބަރު އާމިނަތު އަދާލާ ރަޝީދު އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ އަދިވެސް ހައްލުވެފައި ނުވާއިރު ދާދި ފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ މެމްބަރުންނާއި އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯކުކޮށްދޭ ފެނަކަ ކޯޕަރޭޝަނުގެ އިސް ވެރީންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި މެމްބަރުންނާއި ފެނަކައިގެ ވެރީން ވަނީ އައްޑުއަށް ދިމާވެފައިވާ ކަރަނޓުގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި މައްސަލަ ހައްލުވާނޭ ދުވަހަކާ ގުޅިގެން ސުވާލުކުރަން މިއަދު ފެނަކައިގެ މީޑީއާއަށް ގުޅުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ. https://sun.mv/201373 މީގެ ފަސްވަރަކަށް ދުވަސް ކުރީން "ސަން"އަށް މައުލޫމާތު ދެމުން އެ ސިޓީގެ ކައުންސިލުން ވަނީ އައްޑޫގައި ބޭނުންކުރަމުންދަނީ ޒަމާންވީ ބާ އިންޖީނުތައް ކަމަށާއި އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވެސް ފައިސާ ހަމަނުޖެހިގެން މަޑުޖެހިފައި ވާކަމަށް ބުނެފައެވެ. https://sun.mv/201345 އައްޑޫގައި ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނައިރު، މި ސަރުކާރަށް އަހަރެއް ވީއިރުވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން ކުރެވުނު މާބޮޑު ކަމެއް ނެތް ކަމަށްމަސްދުވަސްވާން ކައިރިވެފައި ވާއިރު، ސަރުކާރުން ހަނުހުރުމަކީ ހިތާމަކުރާ ކަމެއް ކަމައް އެ ކައުންސިލުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ