މާލެއާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިންނާއި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާކަމަށެވެ.
މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިގޮތުން މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން
ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ