ބަނގުރާ ވިއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ ރައްޔިތެއްގެ ބަންދު މިއަދު އިތުރަށް 15 ދުވަސް ޖަހައިފިއެވެ.
މިމަހުގެ 23 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ޖިނެޝް ކުމާރު މުރްގެސަން އެވެ. އޭނާގެ އަތުން 71 ފުޅި ބަނގުރާ ލިބިފައިވެއެވެ.
މި އޮޕަރޭޝަން ހިންގިފައިވަނީ ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ގުޅިގެންނެވެ. ހުޅުމާލެ ފޭސް އެކެއް ދިއްގާމަގުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު 18 ފުޅި ބަނގުރާކަމަށް ބެލެވޭ އެއްޗެއް ފެނިފައިވެއެވެ. އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އިތުރު 53 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުން 3 ދުވަހަށް ބަންދުކޮށްފައިވެއެވެ. އެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް އަލުން ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 15 ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ