ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމް އެއްޖިންސުން ގުޅުން ހިންގި ކަމަަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަސީރު އިބްރާހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމަށްފަހު ދިވެހި ފުލުހުންގެ ޚިފުމަތުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.
އެ މައްސަލައާ ގުޅިގެން ނަސީރު ހައްޔަރުކުރީ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.
ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި އާންމުވެފައިވާއިރު، ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހެއް އެހެން ފިރިހެނަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.
މިގެ އިތުރުން ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހެއްގެ މައްސަލަ ވެސް ޕީޖީއަށް ފޮނުވުމަށްފަހު އެ މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
އެ ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހަައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.
މި މައްސަލައިގައި ނާޒިމް ސައްތާރަށް ކުރެވޭ ތުހުމަތުތައް އޭނާގެ އަމިއްލަ އިއުތިރާފުން ވަނީ ސާބިތު ވެފައެވެ.
ނަސީރުގެ މައްސަލަ ކޯޓުން ބޭރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ