ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އަމުރެއް!
ހަމައެކަނި %100 ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސަންސް ދޫކުރާ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ގަވާއިދު އިސްލާހުކުރުމާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓިން ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.ބޭރުގެ ހިއްސާއެއް އޮންނަ ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސަންސް ނުލިބޭ ގޮތަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ގަވާއިދެއްގެ ދަށުން، ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން އެ ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އެ މައްސަލަ ދިރާގުން ސިވިލް ކޯޓަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.ދިރާގަށް މިހާރު ލިބިފައި އޮތް ލައިސަންސްގެ މުއްދަތު އަންނަ ޖެނުއަރީ މަހު ހަމަވާތީ، އެ މައްސަލަ ކޯޓުން ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އެ ކުންފުނިން ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ.ދިރާގަކީ އެފަދަ ކުންފުންޏެއް ނޫނެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ.ބްރޯޑްކޮމްގެ ނިންމުން އުވާލުމަށް އެދި ދިރާގުން ހުށަހަޅާފައިވާ މައްސަލާގައި، އެ ކޯޓުން ނެރުނު ވަގުތީ އަމުރުގައި ފާހަގަކޮށްފައިވަނީ، އެފަދަ އަމުރެއް ނެތި، އެ މައްސަލަ ދެން ނިންމޭ ގޮތަކުން، ދިރާގުން އެތައް ފައިސާއެއް އިންވެސްޓްކޮށްފައިވާ ވިޔަފާރިއަށް އިޔާދަނުކުރެވޭ ވަރު ގެއްލުމެއް ވެދާނެ ކަމަށެވެ.އަދި އެ ފަދަ އަމުރެއް ނެރުމުގެ ސަބަބުން ބްރޯޑްކޮމަށް ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.އެހެންވެ، އެ މައްސަލަ ނިންމެންދެން ނުވަތަ އެހެން ގޮތަކަށް ކޯޓުން އަންގަންދެން ދިރާގު ޓީވީގެ ލައިސަންސް ދެމި އޮންނާނެ ކަމަށް ކަނޑައަޅައ،ި އަމުރުކުރީ ކަމަށް ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވި އެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ