މީޑިއާ ކައުންސިލާއި ބީއެމްއެލް ގުޅިގެން މާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް ނޫސްވެރިންނަށް ދަސްކޮށްދީފި

މީޑިއާ ކައުންސިލާއި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެންމާލީ ދާއިރާގެ ހަބަރުތައް ލިޔާނެ ގޮތް، ނޫސްވެރިންނަށް ދަސްކޮށްދިނުމަށް ވޯކްޝޮޕެއް ބާއްވައިފި އެވެ.
މީޑިއާކައުންސިލުން ބުނީ މި ފައިނޭންޝަލް ޖާނަލިޒަމް ވޯކްޝޮޕްގެ މަގްސަދަކީ އެ ދާއިރާގެ ހަބަރުތައް ރިޕޯޓު ކުރާނެ ގޮތް ނޫސްވެރިންނަށް ކިޔައިދިނުމެވެ.
ފަސް ސެޝަނަކަށް ބަހާލައިގެން މި ވޯކްޝޮޕްގައި ކިޔައިދިން މައިގަނޑު ދާއިރާތަކަކީ ބިޒްނަސް އަދި ބެންކިން ޕްރޮޑަކްޓް، ރީޓެއިލް ޑިޖިޓަލް ހިދުމަތްތައް، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ހަރަދުކުރުން ހުއްޓުވުމުގެ އިތުރުން މާލީ ދާއިރާގެ ހަބަރުތައް ގެނެސްދިނުން އަދި ވަގަށް ފައިސާ ހޯދުމުގެ އަމަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމެވެ.
އަދި މިފަދަ ހާލަތްތަކުގައި ބޭންކުން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލާފައިވެ އެވެ.
މީޑިއާ ކައުންސިލާއި ބީއެމްއެލް ގުޅިގެން މާލީ ދާއިރާގެ ހަބަރުތައް ރިޕޯޓު ކުރާނެ ގޮތުގެ ވޯކްޝޮޕެއް ބާއްވައިފި--ފޮޓޯ:ބީއެމްއެލް

މި ވޯކްޝޮޕް ނަގައިދެއްވީ ބީއެމްއެލްގެ ތަޖުރިބާކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން: އަލީ ފާރިސް ހަލީލްހެޑް އޮފް ރީޓެއިލް ބޭންކިން އެންޑް ކާޑްސް: ބަދުރުއްދީން ހަސަންއަލީ ޒައިދު މުހައްމަދު: ކޮމްޕްލަޔަންސް މެނޭޖަރުޝަމްހީދު އަލީ: ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރުމުހައްމަދު ހަމީމް: ކޮންޓެކްޓް ސާވިސް މެނޭޖަރު
މި ވޯކްޝޮޕްގައި ނޫސްވެރިންނާއި މީޑިއާ ކައުންސިލް ހިމެނޭހެން ޖުމްލަ 25 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ