ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އަޅަން ބަޔަކާ ހަވާލު ކޮށްފި

ށ. ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައި ވާ އިރު މިއީ ސަރުކާރުގެ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމަނާފައިވާ މަސައްކަތެކެވެ.
ގޮއިދޫ ސްކޫލްގެ 8 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް 12,291,291.70 ރުފިޔާއަށް ހަވާލުކޮށްފައި ވާ އިރު މި މަސައްކަތް ނިންމަން ޖެހެނީ އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
ރަށްރަށުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ އިރު، ސްކޫލްތަކުގައި ކްލާސްރޫމްތައް އިތުރު ކުރުމާއި މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަން ފާހަގަ ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ