ސިވިލް ކޯޓުގެ ހުސްވެފައިވާ ގާޒީ ކަމުގެ ދެ ސްލޮޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ޖުމްލަ 17 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ސވިލް ކޯޓަށް ދެ ގާޒީން ހޯދުމަށް ވަކިވަކިން އިއުލާން ކުރީ އެ ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި ޒުބައިރު މުހައްމަދު މިދިޔަ ޖުލައި 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި ސިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި ހުންނެވި އަބްދުﷲ އަލީ މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ގާޒީ ކަމަށް ކުރިމަތިލެއްވި ބޭފުޅުން
އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫއަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175މުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެއަލީ ނަދީމް / ހ. ގްލޯރިއޯސާ 2ނަފީލް މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ ސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީއަހްމަދު މައުސޫމުުު / ހަވީރީމަންޒިލް، ލ. މާބައިދޫރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް އަބްދުﷲ އިހްސާން / ސައިފަތްމާގެ، ސ. ހިތަދޫފަތުހުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ. މާވަށްފައިސަލް އާދަމް / ދެތަނޑިމާގެ، ހދ. ފިނޭ އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށިމަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫއުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ އާމިނަތު ޒިދުނާ / ހުޅުމާލެ. ގޯތި 10654 ގެ އޭ-01 ފްލެޓްހަސަން ޝަމާމް / ކޮށިތެރޭގެ، ހއ. އިހަވަންދޫއާމިނަތު ރައިޝަމް / ނިއުފްލާވަ، ގއ. ގެމަނަފުށި
ސިވިލް ކޯޓުގެ ގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާއާ އެކު ޖުމްލަ 46،650 ރުފިޔާ ލިބެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ އެވެ.
ގާޒީ އަބްދުﷲ އަލީއާ އެކު ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި މިވަގުތު މަސައްކަތް ކުރައްވަނީ 14 ބޭފުޅުންނެވެ.
ސިިވިލް ކޯޓުގެ ގާޒީ ކަމަށް 17 ބޭފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ