އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މުބީންް މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލްއާ އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
ތަފްސީލް - އެމްޓީސީސީން މިއަދު ވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާތީ މުބީންއަށް މަރުހަބާ ކިޔައިފަ އެވެ.
އެ ކުންފުނިން ބުނީ މުބީންގެ ލީޑާޝިޕްގައި ކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބި، ކުރިއަރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފާހަގަކުރެވޭ - މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ އިސްވެރިން ވަކިކުރައްވާފައިވާއިރު، ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
އެމްޓީސީސީގެ ޑެޕިއުޓީ އެމްޑީއަކަށް މުބީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ