އީރާނުން ހުށަހެޅި އެންމެ ފަހުގެ ސުލްހައިގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އެމެރިކާއިން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހުށަހެޅުން އޭނާއަށް ބަލައިގަނެވެން ނެތް ކަމަށް އިޝާރާތްކޮށްފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ ފާއިތުވި 47 އަހަރު އީރާނުން ދުނިޔެއަށް ކުރި ކަންތައްތަކަށް އަދި އެކަށީގެންވާ އަދަބެއް ލިބިފައި ނުވާ ކަމަށެވެ.
އީރާނުގެ 14 ނުކުތާގެ މި ހުށަހެޅުމުގައި އެމެރިކާގެ ސިފައިން އީރާނުގެ ބޯޑަރު ކައިރިން ފޭބުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުމަށް ވަނީ އެދިފައެވެ.
އީރާނުން މި ހުށަހެޅުން ހުށަހަޅާފައިވަނީ އެމެރިކާއިން ކުރިން ހުށަހެޅި 9 ނުކުތާގެ ޕްލޭނަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. އީރާނުން ވަނީ ހޯރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާފައެވެ. ނަމަވެސް ޓްރަމްޕް ބުނަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތުމަކީ ހަނގުރާމަ ކުރިއަށް ދިއުން ނޫން ކަމަށާއި، އެއީ "ވަރަށް އެކަށީގެންވާ ބްލޮކޭޑެއް" ކަމަށެވެ.
އީރާނުގެ ސުލުހައިގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ