ހުރިހާ ނެޕޯ ބޭބީސް ތިބީ މީކާއީލާއެކު: ވައްޑެ

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ހުރިހާ "ނެޕޯ ބޭބީސް" ތާއީދުކުރަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރި ގަދަވެފައިވަނިކޮށް، މީކާއީލަށް ތާއިދުކުރާ ފަރާތްތަކުގެ ތެރޭގައި ނުފޫޒުގަދަ ވިޔަފާރިވެރިންނާއި "ނެޕޯ ބޭބީސް" ތިބިކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މީކާއީލަށް ތާއިދުކުރެއްވި އިބްރާހިމް ނޫރައްދީނަކީ އެމްއޭސީއެލްގެ ބޯޑުގައި އިންނަވައިގެން، ދައުލަތަށް ބޮޑު ގެއްލުމެއް ވާގޮތަށް ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅާއެވެ. އޮޑިޓް ރިޕޯޓްތަކުން ދައްކާގޮތުގައި އޭނާ ބޭނުންވި ގޮތަށް އެކަން ކުރިނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލްއަށް ގެއްލުންވީހެވެ. މާކެޓް އަގުގައި ޓާމިނަލް ކުއްޔަށް ދިންނަމަ ލިބޭނެ ކަމަށް ލަފާކުރި 47 މިލިއަން ޑޮލަރުގެ އާމްދަނީއަށް އޭނާ ވަނީ ހުރަސް އަޅުއްވަން މަސައްކަތް ކޮށްފައެވެ.
ކާސާ ހޯލްޑިންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިސޯޓް ވިޔަފާރިވެރިޔާ ނޫރައްދީން، މީކާއީލަށް ތާއިދުކުރާކަން ހާމަކުރުމުން، މީކާއީލްގެ ފަހަތުގައި ތިބީ އާންމު މެންބަރުންގެ ބަދަލުގައި އަމިއްލަ އެދުމާއި ނުފޫޒު އޮތް ވިޔަފާރިވެރިން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ