ހިތަދޫ އުތުރަށް ވާދަ ކުރަނީ ސޯބެ އާއި ސައީދު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، ޕީއެންސީގެ ފަރާތުން އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީޕީގެ ފަރާތުން ކުރިމިލެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)ގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލައިގެންފި އެވެ.އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މިއަދު މެންދުރު ފަހު 3:00 އަށް އެ މުއްދަތު ހަމަވިއިރު، ބައި އިލެކްޝަންގައި ވާދަކުރަން ފޯމު ހުށަހަޅާފައި ވަނީ ދެ ކެންޑިޑޭޓެކެވެ.ހިތަދޫ އުތުރު ދާއިރާއިގެ ބައި އިލެކްޝަން ބާއްވަނީ އަންނަ މަހު ހައެއްގަ އެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ޕީއެންސީ އަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނި ހުކުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުންނެވެ.ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ