ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ސަސްޕެންޑްކޮށްފި އެވެ. އެ ކޮމިޝަނުން ލަތީފަށް ވަނީ ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފަ އެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ބ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފުއާ ބެހޭގޮތުން ކޮމީޝަނަށް ހުށަހެޅި ތަހުގީގުކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެ މަތީން ލިބިދެވެންޖެހޭ ފުރުސަތުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.
މިއަދު ލަތީފު ސަސްޕެންޑްކޮށްފައިވާއިރު އިއްޔެ ޖޭއެސްސީއިން ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ވެސް ސަސްޕެންޑްކޮށްފަ އެވެ. ހަސަން ސައީދު ސަސްޕެންޑްކުރީ، ހައިކޯޓުގެ ފަނޑިޔާރަކަށް ނިސްބަތްކޮށް ކޮރަޕްޓް ބޭފުޅެކޭ ވިދާޅުވެގެންނެވެ.
ބ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ