ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ކޮމިޓީން ބަންޑާރަނައިބު އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ. މިކަން ވަނީ އޭޖީ އޮފީހުގެ އޮފިޝަލަކު ސަންގުއަށް ވަނީ ކަށަވަރުކޮށްދީފައެވެ.
އުޝާމްގެ އިސްތިއުފާއާ ދިމާކޮށް، ބުރާސްފަތި ދުވަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ކުރީ ސަރުކާރުގެ ފަސް އަހަރާއި މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކުގެ ތަފާސްހިސާބުތައް ވަނީ އާންމު ކުރައްވާފައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނޮވެމްބަރު 2018 އިން ނޮވެމްބަރު 2023 ގެ ނިޔަލަށް ޖޭއެސްސީން ވަނީ 56 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި އަށް ފަނޑިޔާރަކު މަގާމުން ވަކިކޮށް، 12 ފަނޑިޔާރަކު ސަސްޕެންޑްކޮށް، ތިން ފަނޑިޔާރެއްގެ މަގާމު ދަށްކޮށް، އަދި 33 ފަނޑިޔާރަކަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ނަސޭހަތް ދީފައިވެއެވެ.
ޖޭއެސްސީން މައުލޫމާތު ދީފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން އެ މައްސަލަ ދެން ކުރިއަކަށް ނުގެންދާނެ ކަމަށް ވަނީ އެ ކޮމިޝަނުން ހާމަކޮށްފައެވެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބަލާ ކޮމިޓީން ބަންޑާރަނައިބު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ