އަޖޭގެ ފަރާތުން ޕަޓާނުންނަށް ވަރުގަދަ މެސެޖެއް

އިންޑިއާގެ އެކްޓަރު އަޖޭ ދޭވްގަންގެ އާ ފިލްމު "ޗޯހާން"ގެ ފުރަތަމަ ފެނިލުން ބެލުންތެރިންނަށް ދައްކައިލައިފިއެވެ. ކަޝްމީރުގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމުން ކަޝްމީރުގެ ހަލަބޮލިކަން ދައްކައިދޭއިރު ރިލީޒްކޮށްފައިވާ ކުޑަ ޓީޒާއިން ވެސް ފެންނަނީ ކޮންޓްރޯލުން ނެއްޓިފައިވާ އާންމުންގެ ބަޔަކު މައިތިރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކެވެ. މި ޓީޒާގެ ބެކްގްރައުންޑުން ހިންދީ ސިނަމާގެ މަޝްހޫރު ފިލްމު "ހަމް"ގެ ލަވަ "ޖުމްމާ ޗުމްމާ ދޭ ދޭ"ގެ މިއުޒިކް އިވޭތީ މި ފިލްމާމެދު އާއްމުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމުގެ ކުރު ޓީޒާ ދައްކައިލި ވީޑިއޯ ނިންމާލަމުން، ޕަޓާނުން ގާތު ޗޯހަން އެބައަންނަކަމަށް ބުނެ ދައްކައިލި މަންޒަރާ އެކު މިއީ އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ފިލްމެއްކަން ކަށަވަރު ވެއްޖެ ކަމަށް ރެޑިޓްގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެކްޝަން މަންޒަރުތަކުން ފުރިފައިވާ މި ފިލްމުގެ ފުރަތަމަ ލުކް ނެރެފައިވަނީ، އަޖޭގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަންގެ އުފަންދުވަހާ ދިމާކޮށް، އޭނާގެ ހަނދާނުގައެވެ. އަޖޭ ބައްޕަ ވީރޫ ދޭވްގަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކަޝްމީރުގެ ހަލަބޮލި މާހައުލެއް ދައްކުވައިދޭ މި ވީޑިއޯއާއެކު އާންމުކުރި މެސެޖުގައި ބުނެފައިވަނީ، ބޮލީވުޑްގެ ކުޅަދާނަ އެކްޝަން ތަރި އަޖޭ ދޭވްގަން، ބޮޑު ސްކްރީނަށް ހާއްސަ އެކްޝަން ފިލްމަކާއެކު އެނބުރި އަންނަން ތައްޔާރުވަމުންދާ ކަމަށެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ