ސޯބެގެ ކެމްޕެއިންގައި އުޅުނު މީހުން ވަޒީފާތަކުން ވަކިކުރަނީ

މިދިޔަ ހަފުތާ ބަންދުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުالله ސޯދިގު (ސޯބެ) ގެ ކެމްޕެއިންގައި ހަރަކާތްތެރިވީ މީހުންނާއި އޭނާއަށް ތާއީދުކުރި މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކުރަން ފަށައިފި އެވެ. 
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސޯބެގެ ކެމްޕެއިންގައި ހަރަކާތްތެރިވީ ކަމަށް ބުނެ ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ވަނީ ވަކިކޮށްފަ އެވެ. އަދި ސަރުކާރުގެ ކުންފުންޏެއްގައި ހުރި އެކަކު  ވަކިކޮށްފައިވާއިރު، އިތުރު މީހެއްގެ މައްސަލަ ބަލަން އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ. 
މި މީހުންގެ ތެރެއިން ވަޒީފާއިން ވަކިކުރި މީހަކީ ސޯބެގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވީ މަހުފޫޒު ހުސްނީ އެވެ. މަހުފޫޒު ވަޒީފާ އަދާކުރަމުން ދިޔައީ ސްޓެލްކޯގަ އެވެ. ނަމަވެސް އެ ކުންފުނިން ވަނީ މިއަދުން ފެށިގެން އޭނާ ވަޒީފާއިން ވަކިކޮށްފަ އެވެ.
މަހުފޫޒު ވަކިކުރި ލިޔުމުގައި ވަޒީފާއިން ވަކިކުރާ ސަބަބެއްގެ ގޮތުގައި އޮތީ، ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު މަދުކުރަން ބާރުއަޅާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ސާކިއުލާ އެވެ.
މި ސާކިއުލާއަކީ އިރާނު ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ޕީސީބީން ނެރުނު ސާކިއުލާއެކެވެ. މި ސާކިއުލާ ނެރެފައިވަނީ އެ ހަނގުރާމަ ފެށި ފަހުން ވެސް އެތައް ވަޒީފާއަކަށް މީހުން ނެގުމަށް ފަހު، ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލާ ރެފަރެންޑަމް ވޯޓުގައި ސަރުކާރަށް ނާކާމިޔާބިއާ ކުރިމަތިވީ ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ