ރައީސް މުހައްމަދު މުއިއްޒު ފިނޭންސް މިނިސްޓަރަކަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.
އެނގުން މުހިންމު - އޭނާ ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ނުވަތަ މީރާގެ އިސްވެރިޔާގެ މަގާމުގަ އެވެ.
ތަފްސީލް - އޭނާއަށް ވަޒީރުކަމުގެ ފަތް ހަވާލުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެވެ. އޭނާއަށް ވަޒީރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
މާލީ ވަޒީރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކާ ހުރެ މިއަދު އިސްތިއުފާ ދެއްވުމާ ވިދިގެންނެވެ.
އެނގުން މުހިންމު - ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ މާލީ ވަޒީރެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރަކީ މުހައްމަދު ޝަފީގެވެ. އެ ފަހުން ދެން އެ މަގާމު އަދާކުރެއްވީ ޒަމީރު އެވެ.
އާ މާލީ ވަޒީރަކަށް ޓެކްސް ކޮމިޝަނާ ޒަރީރު އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ