ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯ ކައިރިއަށް މިއަދު ހެނދުނު އައި ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް، 15 އަރައިފިއެވެ.
ބިންހެލުން އައި ވަގުތު މަގުމަތީގައި ދުއްވަމުންދިޔަ އުޅަނދުފަހަރުތައް ކޮންޓްރޯލުން ނެއްޓިފައިވާއިރު، މަގުގެ ކައިރީގައި ހުރި ގަސްތައް ބާރަށް ހެލެމުންދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.
މި ބިންހެލުމާ ގުޅިގެން ފިލިޕީންސާއި އިންޑޮނޭޝިއާއިން ނެރުނު ސުނާމީގެ އިންޒާރުތައް ފަހުން ކެންސަލް ކުރި ނަމަވެސް، ޖަޕާނުގެ ދެކުނު ސަރަޙައްދު ތަކަށާއި ބައެއް ރަށްތަކަށް އަދިވެސް ސުނާމީގެ އެޑްވައިޒަރީއެއް އެބައޮތެވެ. އެހެންކަމުން ކޯރުތައް ކައިރިއަށާއި ގޮނޑުދޮށަށް ނުދިއުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އޮފިޝަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފިލިޕިންސަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 15 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ