އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން ބަލިވިކަން ގަބޫލުކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މީކާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދަށް ފޯނުން ގުޅުއްވައި އެ މަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
”އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކޮށް، އެ މަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވިން. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވާ 2028 މި ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރާނަން. ޕާޓީގެ އާންމު މެންބަރުންނާއި އެކު ދެމިހުންނާނަން،“ އޭނާ ވިދާޅުވި އެވެ.
މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީ ލަންކާ ހިމެނޭހެން 241 ވޯޓު މަރުކަޒު ބަހައްޓާފައިވާއިރު، 130 ފޮއްޓެއްގެ ނަތީޖާ ވަނީ ލިބިފަ އެވެ.
އެ ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، ނަޝީދަށް 8,661 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ 68 ޕަސެންޓެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 4,158 ވޯޓެވެ.
މީކާއިލް ބަލި ގަބޫލުކޮށްފި، ވިދާޅުވީ 2028 ހޯދައިދޭން އާ އަޒުމެއްގައި މަސައްކަތް ކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ