ހުޅުމާލޭގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް ބޭނުންވާ ބިން، އެޗްޑީސީން އިސްލާމިކް މިނިސްޓްރީއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
އެޗްޑީސީގެ ފަރާތުން އެ ބިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.
އެ މިސްކިތް ބިނާކުރަނީ ހުޅުމާލޭގެ ދެއަކާއި ތިނަކާ ދެމެދުގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާ އެކު މިނިސްޓްރީން ވަނީ ފަހުމުނާމާ އެެއްގައި ސޮއިކޮށްފައި ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާންގައި އިއުލާން ކުރެއްވި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ކަމަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ފެށުމަށް މަސައްކަތްކުރާ ކަމަށް ބުންޏެވެ. ބޮޑު މިސްކިތު ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިއަމަކާއި އެހެނިހެން މުހިއްމު ކަންކަން ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބޮޑު މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ބިން އެޗްޑީސީން މިނިސްޓްރީއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ