ދިރާގުން ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް އަގުހުރި އިނާމުތައް
ހޯދުމުގެ ފުރުސަތާއި އެކު "ފޯރިން ގުގުމާލާ" ކެމްޕެއިން މިއަދު ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ "ފޯރިން
ގުގުމާލާ" ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު
ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް
ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން
ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށް ކަމަށެވެ.
އެހެންކަމުން، ދިރާގުގެ
މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު
ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް
ގެނެސްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ކެމްޕެއިންގެ ތެރެއިން
ދިރާގުން އިއުލާނުކޮށްފައިވާ މައިގަނޑު ތިން ޕްރޮމޯޝަނަކީ:
ދިރާގުން
ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު
ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ.
ދިރާގުގެ
އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް
ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި
އުފާވެރިކަން އިތުރުވެގެން ދިއުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ވޯލްޑް ކަޕަށް ހާއްސަކޮށްގެން "ފޯރިން ގުގުމާލާ" ގެ ނަމުގައި ކެމްޕެއިނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ