ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅުނު އިޓަލީ މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މިއަދު މަރުވި އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީއަށް މަގާމުގެ ކުރިއެރުންދީ ސާޖަންޓު ފަސްޓް ކްލާސް ރޭންކަށް ޕްރޮމޯޓުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - މަހުދީ މަރުވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ތަފްސީލް - އޭނާއަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޑައިވަރެވެެ.
މަހުދީގެ ހިތްވަރު އޭނާ ދަންނަ ގިނަ ބަޔަކު ފާހަގަކުރި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ އެއީ މީހުންނާ ގުޅޭ، އެކުވެރި އަދި އަބަދު ވެސް އެހީތެރިވުމަށް ތައްޔާރަށް ހުރި މީހެއް ކަމަށެވެ.
ފާހަގަކޮށްލެވޭ - މަހުދީގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި އޮންނާނީ މިރޭ 10 ޖަހާއިރު އިސްލާމީ މަރުކަޒުގަ އެވެ. މޫނު ދެއްކުން މިރޭ 7 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަދެ އެވެ.
މަހުދީއަށް މަގާމުގެ ކުރިއެރުން؛ ޖަނާޒާ މިރޭ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ