ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އަފްލަހުގެ މައްޗަށް ދައުވާކޮށްފި

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، "ބްރައިޓް މައިންޑްސް"ގެ ކުރީގެ ވެރިޔާ އަލީ އަފްލަހުގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަފްލަހުގެ މައްޗަށް ހަ ދައުވާއެއްކޮށް، މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދައުވާތަކަކީ؛
The most trusted news source in the Maldives
އެ މައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު އަފްލަހު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭނާގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 30 ދުވަހުގެ މުއްދަތު އަންނަ މަހުގެ 11 ގައި ހަމަވާނެ އެވެ. 
އޭނާ ހައްޔަރުކުރީ ވެސް އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރަން ފެށުމާ އެކު ރާއްޖެއިން ބޭރުގައި "ފިލައިގެން" ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އިންޑިއާގެ މުމްބާއީގެ ފްލައިޓަކުން އެނބުރި ރާއްޖެ އައުމާ އެކުގަ އެވެ. 
އަފްލަހު ހައްޔަރުކުރުމަށްފަހު ފުލުހުންގެ ވެބްސައިޓުގައި ބުނީ 14 އަހަރުން ފެށިގެން 16 އަހަރު ވަންދެން އެ އަންހެން ކުއްޖާއަށް އޭނާ ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ