ދިވެހިރާއްޖެ ފަދަ ގައުމަކަށް އެންމެ ގުޅޭ އަދި ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމަވާފައިވަނީވެސް ރިޔާސީ ނިޒާމު ކަމުގައިކަން ކަން މައުމޫނު ފާހަގަކުރެއްވިއެވެ.
ރައްޔިތުން ގޮތެއް ނިންމާފައި ވަނިކޮށް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ނުގެނެވޭނެ ކަމަށާއި، ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް އެއްވެސް ޖާގައެއް ނެތް ކަމުގައި ވެސް މައުމޫން ވިދާޅުވިއެވެ.
މައުމޫން ރާއްޖޭގައި ބަރުލަމާނީ އަށް ޖާގައެއް ނެތް ކަމުގައި ވިދާޅުވެފައި މިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމަކީ ބަރުލަމާނާނީ ނިޒާމުކަމުގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަރުލަމާނީ ނިޒާމަށް ޖާގައެއް ނެތް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ