ށ. މިލަންދޫގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - މިލަންދޫ އެއާޕޯޓު އަޅާ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ މިދިޔަ 15 އޮކްޓޫބަރުގަ އެވެ.
ތަފްސީލު - އެ މަޝްރޫއުގެ ބައެއް ތަފާސްހިސާބުތަކާ އެކު މަޝްރޫއު ނިމުނުކަން އިއުލާންކުރެއްވީ، ރައީސް މުހައްމަދު މުއިއްޒު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ބިން ހިއްކަން ފެށީ މިދިޔަ މަހުގެ 3ގައި ކަމަށާއި އޭގެ 31 ދުވަސް ފަހުން އިއްޔެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން 21 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. އަދި މަޝްރޫއުގެ ތެރެއިން މިލަންދޫން ގަސް ނެގީ 4.9 ހެކްޓަރުގެ ސަރަހައްދަކުންނެވެ.
އެނގުން މުހިންމު - ރައީސް އެ ރަށަށް ކުރިން ކުރެއްވި ދަތުރުފުޅެއްގައި ވަނީ، އެ އަތޮޅު ބިލެތްފައްސާއި ކޮމަންޑޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް ފަށްޓަވައިދެއްވައިފަ އެވެ. އެހެންކަމުން މިހާރު އެ އަތޮޅުގައި ހިންގަމުން އަންނަ ފުނަދޫ އެއާޕޯޓާ އެކު ހަތަރު އެއާޕޯޓް ކުރިއަށް އޮތް ތަނުގައި އޮންނާނެ އެވެ.
މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ